އޮޅުވާލައިގެން ސަފާރީއަކަށް ގެންދިޔަ ރާ ކޭސްތަކެއް އަތުލައިގެންފި

ރިސޯޓަކަށް ގެނައި އެއްޗެއް ކަމަށް ބުނެ، ސަފާރީއަކަށް އެރުވި ރާ ކޭސްތަކެއް ކަސްޓަމްސްއިން އަތުލައިގެންފި އެވެ. ކަސްޓަމްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ކަސްޓްމްސް އޮފިސަރު އައިމި...

14 May 2015 | 08:50

ރިސޯޓަކަށް ގެނައި އެއްޗެއް ކަމަށް ބުނެ، ސަފާރީއަކަށް އެރުވި ރާ ކޭސްތަކެއް ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ކަސްޓްމްސް އޮފިސަރު އައިމިނަތު ލިއުޝާ ވިދާޅުވި ގޮތުގައި ރިސޯޓަކަށް ގެންދާ އެއްޗަކަށް ކަމަށް ބުނެ 36 ކޭސް ރާ ހުޅުމާލެ ސަފާރީއަކަށް ގެންދިޔަކަން އެނގުނީ ފުލުހުންނާއި ކަސްޓަމްސް އާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ލިއުޝާ ވިދާޅުވީ އެ ރާ ކޭސްތަށް ރާއްޖެ އެތެރެކޮށްފައިވަނީ ދައްކަންޖެހޭ ޑިއުޓީ ދައްކާފައި ކަމަށާއި ރިސޯޓު ނޫންތަނަކަށް ރާ ކޭސްތަށް ގެންދާ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުންނާއި ކަސްޓަމްސް ގުޅީގެން އޮޕަރޭޝަން ފެށީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ.

ރާ ކޭސްތައް ސަފާރީއަކަށް ގެންދިޔަ މައްސަލާގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ރާކޭސްތައް ސަފާރީ އަށް ގެންދިޔަ ދޯނީގެ ކައްޕި އެކަންޏެވެ.

އެމީހާގެ މައުލޫމާތު ހާމަ ކޮށްފައިނުވާއިރު ރާ ކޭސްތައް އެތެރެކުރީ ކޮން ރިސޯޓެއްގެ ނަމުގައި ކަމެއް ވެސް ކަސްޓަމްސް އިން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް