ސުނާމީ ބިނާ ވިލުފުއްޓަށް ބަދަލުކޮށްދޭން އެދެފި

ސުނާމީ ކާދިސާގައި ނިޔާވި ދިވެހިންގެ ހަނދާނުގައި މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ސުނާމީ ބިނާ ތ. ވިލުފުއްޓަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެ އެވެ. ވިލުފުށި ކައުންސިލްގެ ރައީސް ހު...

14 May 2015 | 07:48

ސުނާމީ ކާދިސާގައި ނިޔާވި ދިވެހިންގެ ހަނދާނުގައި މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ހަދާފައިވާ ސުނާމީ ބިނާ ތ. ވިލުފުއްޓަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން އެދިއްޖެ އެވެ.

ވިލުފުށި ކައުންސިލްގެ ރައީސް ހުސައިން ޖަބީން ސޮއިކުރައްވާ ހައުސިން މިނިސްޓްރީއަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ސުނާމީ ބިނާ އެރަށަށް ބަދަލުކޮށްދިނުމަށް އެދޭ ކަމަަށެވެ. އެ ސިޓީގައި ބުނެފައިވަނީ އެ އަތޮޅަކީ އެ ކާރިސާގައި އެންމެ ގެއްލުން ލިބުނު އަތޮޅަށްވެފައި އެ ރަށަކީ އެންމެ ގިނަ މީޙުން ނިޔާވި ރަށަށް ވާތީ ސުނާމީ ބިނާ އެރަށަށް ބަދަލުކޮށްދިނުމަށް އެ ރަށޫގެ ރައްޔިތުން އެދޭ ކަމަށެވެ.

ވިލުފުށި ކައުންސިލް އިދާރާއިން ބުނީ ސުނާމީގައި މަރުވި މީހުންގެ ހަނދާނުގައި މިހާރުވެސް އެ ރަށުގައި، ރަށު ފެންވަރުން މޮނިއުމަންޓެއް ބެހެއްޓުމަށްޓަކައި ބުރެއް ހެދިފައިވާ ކަމަށެވެ.

ސުނާމީ ކާރިސާގައި ވިލުފުށިން އެކަނިވެސް 21 މީހުން މަރުވެފައިވެ އެވެ. އަދި އެހާދިސާއަށް ފަހު އެރަށް ވަނީ އަލުން އާބާދުކޮށްފަ އެވެ.

ވިލުފުށި ކައުންސިލުން މިގޮތަށް ސަރުކާރުގައި އެދިފައި މިވަނީ ހުޅުލެއާއި މާލެއާއި ދެމެދު ބްރިޖް އަޅާއިރު ސުނާމީ ބިނާ އެހެން ސަރަހައްދަކަށް ބަދަލުކުރަންޖެހޭތީ އެކަން ކުރަމުންދާ ކަމަަށް ސަރުކާރުން ބުނުމާއި ގުޅިގެންނެވެ.

ސުނާމީ ބިނާއިން ރަމްޒުކޮށްދެނީ ރާއްޖޭގެ 20 އަތޮޅާއި ސުނާމީ ކާރިސާގައި ރާއްޖެއިން މަރުވި މީހުންގެ އަދަދެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް