އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ރައްޔިތުންގެ ކޮމިޓީ މަރުޙަލާގައި ފާސްކޮށްފިއެވެ. ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން، އިމިގްރޭޝަން ޤާނޫނަށް އިޞްލާޙު ގެނައުމަށް ކޮމިޓީ މަރުޙަލާފައި ފާސްކޮށްފައިވެއެވެ.
އެ އިޞްލާޙަކީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި އިސްލާހެކެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި އިޞްލާޙު އޮތީ ކޮމިޓީ މަރުޙަލާގައެވެ.
ކޮމިޓީ މަރުޙަލާގައި އެ އިޞްލާޙު ފާސްކޮށްފައިވަނީ ކުރިން އޮތް ގޮތަށް ބޮޑު ބަދަލެއް ގެނައުމަށްފަހުގައެވެ. އެ ބަދަލަކީ އިސްރާއީލު ޕާސްޕޯޓް ހިމެނޭހެން ޑުއަލް ޕާސްޕޯޓް އޮންނަ ފަރާތްތައް އުނި ކުރުމެވެ.
ކޮމިޓީ މަރުޙަލާގައި އެކަން ފާސްކޮށްފައިވާއިރު އެ އިޞްލާޙު ފާސްކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ވޯޓަށް އަހާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް