ކ. މާފުށީގައި ފިހާރައަކުން ވައްކަންކުރި މީހެއްގެ ބޮލަށް ކުލަ ފާޓާއެއް އަޅާލައިފިއެވެ.
ސޯޝަލް މީޑިއާގައި މިކަމާއި ގުޅޭ ވީޑިއޯތައް ދައުރުވަމުން އަންނައިރު އެމީހާގެ ބޮލަށް ކުލަ ފާޓާ އޮއްސާލާ މަންޒަރާއި ފަހުން އެމީހާ މޫދަށް ގޮސް ކުލަ ފިލުވަން އުޅޭ މަންޒަރާއި އަދި ފަހުން އެ މީހާ ފުލުހުންގެބެލުމުގެ ދަށަށް ގެންދާތަން ފެނެއެވެ.
މިކަމުގައި ފުލުހުންގެ ރަސްމީ ބަހެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން އެނގިފައިވެއެވެ. އަދި އެމީހާ ފިހާރަކުން ވަގަށް ނެގީ ކޮފީ ދަޅުތަކެއް ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް