ރޭގައި އީރާނުން އިޒްރާއީލަށް ދިން ހަމަލާއަށް ކުރީގެ ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް ތައުރީފު ކުރައްވައިފިއެވެ.
އެގޮތުން ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާނުން އެ ޤައުމުގެ ދިފާއު ދިން ހަމަލާތަކަށް މަރުހަބާ ދަންނަވާކަމަށެވެ.
"އީރާނާއި މުސްލިމު ހަނގުރާމަވެރިންނަށް ނަސްރު ދެއްވާށި" ރައީސް މައުމޫން ވިދާޅުވެފައިވެއެވެ.
އީރާނުން ރޭގައި އިޒްރާއީލަށް ހަމަލާ ދިނީ މި މަހުގެ އެއްވަނަ ދުވަހު އިޒްރާއީލުން ސޫރިޔާގައި ހުންނަ އީރާނުގެ އެމްބަސީއަށް ދިން ހަމަލާގެ ބަދަލުގައި ކަމަށް ބުނެއެވެ. އީރާނުގެ ރޭގެ އެ ހަމަލާތައް އިޒްރޭލަށް ދިފާއު ކުރެވުނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސާއި އުރުދުންގެ ވާގިވެރިކަމާއެކުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް