އެކްސިޑެންޓެއްގައި އަނިޔާވި ކުޑަހުވަދޫ ޒުވާނަކު ނިޔާވެއްޖެ

ހުޅުމާލޭގައި މި މަހުގެ ފަސްވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ޒުވާނަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ދ. ކުޑަހުވަދޫ، ރޭދުވާ، އުމުރުން 18 އަހަރުގެ މުހައްމަދު ވިޝާލް އެވެ. ވިޝާލް ނިޔާވީ އެދުވ...

13 Apr 2024 | 19:24

ހުޅުމާލޭގައި މި މަހުގެ ފަސްވަނަ ދުވަހު ހިނގި އެކްސިޑެންޓެއްގައި ޒަޚަމްވި ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ދ. ކުޑަހުވަދޫ، ރޭދުވާ، އުމުރުން 18 އަހަރުގެ މުހައްމަދު ވިޝާލް އެވެ. ވިޝާލް ނިޔާވީ އެދުވަހުގެ ހަވީރު 04:54 އެހައިކަންހާއިރު ހުޅުމާލެ ނިރޮޅުމަގާއި ގުލްއަލާހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވުމުން ފަރުވާދެމުން ދަނިކޮށެވެ.

އެ އެކްސިޑެންޓު ވި މަންޒަރު ދުށް މީހަކު ނުވަތަ ބަޔަކު ވޭތޯ ބަލަން ފުލުހުން މީގެ ކުރީގައި އިއުލާނުވެސް ކޮށްފައިވެއެވެ. އެހެންނަމަވެސް އެ އެކްސިޑެންޓާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް