ހިޔާ ފްލެޓެއްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހިޔާ ފްލެޓެއްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މިރޭ އަލިފާން ރޯވީ އެޗް7 ގެ ފުރަތަމ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައި އެވެ. ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސް...

14 Apr 2023 | 16:36

ހިޔާ ފްލެޓެއްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިރޭ އަލިފާން ރޯވީ އެޗް7 ގެ ފުރަތަމ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައި އެވެ. ހާދިސާ ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއުއިން ހަރަކާތްތެރިވީ8:30 ހާއިރު އެވެ.

މި ހާދިސާ އާއި ގުޅިގެން ހުޅުމާލެ ހިންގާ އާބަންކޯއިން ބުނީ ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި މި ހާދިސާ ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިރޭ ވެސް ރޯވެފައި ވަނީ އެހެން އެޕާޓްމަންޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުންނެވެ.

މި ހާދިސާގައި މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. މި ހާދިސާގައި އެޕާޓްމެންޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނޭނގެ އެވެ.

https://twitter.com/MvCrisis/status/1646900082170826753

މިމަހުގެ ކުރީކޮޅު އެޗް5 ގެ ދެ އެޕާޓްމެންޓެއްގައި އަލިފާން ރޯވެފައި އެވެ. އަދި އޭގެ ކުރިންވެސް ހިޔާ ފްލެޓުތަކުގައި އަލިފާނުގެ ހާދިސާ ހިނގާފައި އެވެ.

މި ހުރިހާ ހާދިސާއެއްގައިވެސް އަލިފާން ރޯވަނީ ބެލްކަނީގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް