އިހުތިރާމު ކުރުމުގެ ގޮތުން ބެލޭނީ ވަކިވަރަކަށް، ނަޝީދަށް ފައްޔާޒްގެ އިންޒާރެއް

އިހުތިރާމު ކުރުމުގެ ބެލޭނީ ވަކި ވަރަކަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިންޒާރު ދެއްވައިފި އެވެ. އެމްޑީޕީގެ ގައުމީ މަޖިލ...

14 Apr 2023 | 16:18

އިހުތިރާމު ކުރުމުގެ ބެލޭނީ ވަކި ވަރަކަށް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އިންޒާރު ދެއްވައިފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި މިރޭ ފައްޔާޒް ވިދާޅުވެފައިވަނީ ނަޝީދުގެ ފިކުރެއްގެ ދިރުމުގެ ނަން ނުގެނެސް، ގުރައިދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓު އިބްރާހިމް ޝާޒަށް އިސް ސަފުގައި ތިއްބެވި ބޭފުޅުން އެންޓީ ކެމްޕެއިން ކުރަމުންދާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ "ޕާޓީ ފުނޑާލުމަށް" ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށެވެ.

ފައްޔަޒް ވިދާޅުވީ ގުރައިދޫ ދާއިރާގެ ގޮނޑި ނާކާމިޔާބު ކޮށްލަން އެ ދާއިރާގެ އެމްޑީޕީގެ މެމްބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް ދަނީ އެދެމުންނެވެ.

އޭނާ ވިދާޅުވީ ރިޔާސީ ޓިކެޓާ ގުޅިގެން އުފެދިފައިވާ "ތުންފިއްތުން" މިހާރު އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށެވެ.

ގުރައިދޫ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓާށް ކެމްޕެއިން ކޮށްދިނުމުގައި ފިކުރެއްގެ ދިރުމުގެ އެއްވެސް އިސްވެރިއަކ ހަރަކާތެއް ނުވެ އެވެ. އަދިި ޝާޒަކީވެސް ރައީސް ސޯލިހުގެ ތާއީދާއި އެކު މަސައްކަތް ކުރައްވަމުންދަވާ ބޭފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް