1444 ވަނަ އަހަރު ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ކުރިއަށް ގެންދިޔަ އިޙްޔާ ފޯރަމްތަކުގެ ތެރެއިން އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އަތޮޅު އިޙްޔާ ފޯރަމްތަކުގެ ގުރުއަތު ނެގުން 14 އެޕްރިލްވާ ހުކުރުދުވަހުގެ ރޭ (މިރޭ) ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ ފުވައްމުލައް ސިޓީގައި މިރޭ އޮންނަ އިޙްޔާ ފޯރަމްގެ ތެރެއިން މި ބައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
1444 ވަނަ އަހަރުގެ އަތޮޅު އިޙްޔާ ބައިގެ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމުތައް ވަނީ ހުށަހެޅިފައެވެ.
އޭގެތެރޭގައި 1 ވަނައަށް ދާ ފަރާތަކަށް،މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ދެއްވާ ޢުމްރާ ދަތުރާއި، 2ވަނައަށް ދާ ފަރާތަކަށް އުރީދޫ އިން ސްޕޮންސަރ ކޮށްފައިވާ އައިފޯން 13, އަދި 3 ވަނައަށްދާ ފަރާތަކަށް ރެއިންބޯ އިން ސްޕޮންސަރގެ ގޮތުގައި ދެއްވާ ސޯފާސެޓް ހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ގުރުއަތުން ހޮވޭ ފަރާތްތަކުން ނަންބަރުކޮޅުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ ވައިބަރ ކުރައްވާނީ 7910208 މި ނަންބަރަށް ކަމަށެވެ.
އީމެއިލް މެދުވެރިކޮށް ފޮނުއްވާނަމަ [email protected]. އަށް މެއިލް ކުރެއްވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން އެހެން ބޭފުޅަކު ބަދަލުގައި ފޮނުވާނަމަ، ބަދަލުގައި ފޮނުވާ ބޭފުޅެއްގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައި ކުރުމަށްފަހު އިނާމް ހަވާލު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މިރޭ ( 14 އެޕްރިލް 2023) ވާ ހުކުރު ދުވަހުގެރޭ ފުވައްމުލައް ސިޓީގައި ބާއްވާ އިޙްޔާ ފޯރަމްގައި ތަގުރީރު ކުރަން ހަމަޖެހިފައިވާ މަޢުލޫއަކީ ” ﷲގެ ނިޔާއަށް ރުހުން” އެވެ.
މި މައުޟޫޢަށް ތަޤްރީރު ކުރައްވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛް މުޙައްމަދު އަނީލް އަދި މަސްޖިދުއް ސުލްޠާނު މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގެ އިމާމް އައްޝައިޚް ނަސްރުﷲ ޢަލީއެވެ. މި ފޯރަމްވެސް ފެށޭނީ ރޭގަނޑު 9:30 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް