ގެއްލިގެން ހޯދަމުންދިޔަ ދިވެހި އުމްރާވެރިޔާ ފެނިއްޖެ، ހާލު ރަނގަޅު

އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް މިއަދު ގެއްލުނު ދިވެހި އުމްރާވެރިޔާ ފެނިފައިވާކަމަށް ޠާބިތު ލިލް ޙައްޖު ވަލް އުމްރާ ޕްރައިވެޓް ލިމިޓެޑް ގްރޫޕުން ބުނެފިއެވެ. މިއަދު ގެއްލުނީ ހއ. ހޯރަފުށީ، ނޫވިލާގެ،...

14 Apr 2023 | 08:20

އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް މިއަދު ގެއްލުނު ދިވެހި އުމްރާވެރިޔާ ފެނިފައިވާކަމަށް ޠާބިތު ލިލް ޙައްޖު ވަލް އުމްރާ ޕްރައިވެޓް ލިމިޓެޑް ގްރޫޕުން ބުނެފިއެވެ.

މިއަދު ގެއްލުނީ ހއ. ހޯރަފުށީ، ނޫވިލާގެ، ފާތިމަތު ވަހީދާއެވެ. އެ ގްރޫޕުން ކުރިން ބުނެފައިވާގޮތުގައި ގެއްލިގެން ހޯދަނީ، މޯބައިލް، ކާޑު އަދި ދަބަސް ކޮޓަރީގައި ބޭއްވުމަށް ފަހު އާއިލާގެ އެހެން މީހުންނާ އެކު ދަމުނަމާދަށް ގޮސް އުޅުމުގެ ތެރޭގައި އާއިލާގެ މެންބަރުންނާ ދުރަށް ދިއުމަށް ފަހު، އެނބުރި ހޮޓަލަށް ގޮސްފައި ނުވާތީ ކަމަށެވެ.

ވަހީދާ މިހާރު ފެނިފައިވާއިރު ދުވަހަށް މައުލޫމާތުދެމުން އެ ގްރޫޕުން ބުނީ ފެނުނު އިރު ވަހީދާގެ ހާލު ރަނގަޅު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް