އުމުރާއައް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަނީ

އުމުރާއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މިކަން ހާމަކޮށް ތާބިއާތް ހައްޖު އެންޑް އުމުރާ ޖަމާޢަތުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އެ ޖަމާޢަތުގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅޭ ހއ. ހޯރަފ...

14 Apr 2023 | 07:26

އުމުރާއަށްދިޔަ ދިވެއްސަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މިކަން ހާމަކޮށް ތާބިއާތް ހައްޖު އެންޑް އުމުރާ ޖަމާޢަތުން ބުނީ ގެއްލިގެން ހޯދަމުން ދަނީ އެ ޖަމާޢަތުގެ ހަވާލުގައި ޢުމްރާއަށް ގޮސް އުޅޭ ހއ. ހޯރަފުށީ ނޫވިލާގެ، ފާޠިމަތު ވަޙީދާ ކަމަށެވެ.

އަދި ވަޙީދާ ޢާއިލާގެ އެހެން މީހުންނާއި އެކު ދަމުނަމާދަށް ދިއުމަށްފަހު، މޯބައިލް، ކާރޑާއި ދަބަސް ބޭއްވުމަށްފަހު ޢާއިލާގެ މެންބަރުންނާއި ދުރަށް ދިއުމަށްފަހު އެނބުރި ހޮޓަލަށް އައިސްފައި ނުވާ ކަމަށް އެ ޖަމާޢަތުން ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ޖަމާއަތުން ބުނީ ފާޠިމަތު ވަޙީދާ ދަމުނަމާދަށް ދިޔައިރު ލައިގެން ހުރީ ފިޔާތޮށިކުލައިގެ މާޖެހި، ދަނބުކުލައިގެ ހެދުމެއް ކަމަށާއި އަޅައިގެން ހުރީ ކަޅުކުލައިގެ ބުރުގާއެއް ކަމަށެވެ.

މިގޮތުން ތާބިއާތް ހައްޖު އެންޑް އުމްރާ ޖަމާޢަތުން ވަނީ ވަހީދާގެ ފޮޓޯ އާންމުކޮށް މައްކާގައި މިހާރު އުޅޭ އެއްވެސް ފަރާތަކަށް އޭނާ  ފެނިއްޖެނަމަ، އެ ޖަމާޢަތުގެ ހޮޓްލައިން، 0567066482 | 0540785217 | 0560878064 އަށް ގުޅައި މަޢުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް