ވިލިނގިލީ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދަނީ

ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ. އެ ކުންފުނިން ކުރިޔަށް ގެންދަނީ އެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަ...

14 Apr 2023 | 05:48

ގއ. ވިލިނގިލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެ ކުންފުނިން ކުރިޔަށް ގެންދަނީ އެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތެވެ. މި މަސައްކަތަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން މައުލޫމާތުދެ އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިޔަށްދާ މަސައްކަތްތަކުގެ ތެރެއިން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 54 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި 275 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެ އެވެ.

މީގެ އިތުރުން 613 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމަށް ހަމަޖެހިފައިވެ އެވެ. މަޝްރޫއު ނިމޭއިރު 685 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

މި މަޝްރޫޢަކީ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް