ޕާކިސްތާނުން ރާއްޖެ އައި މީހެއްގެ އަތުން ހަ މިލިއަން ރުފިޔާގެ މަސްތުވަތަކެތި އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސްއިން ބުނީ އެމީހާ ރާއްޖެ އައީ އިއްޔެ ޕާކިސްތާނުގެ ކަރާޗީން ކަމަށެވެ. މި މައްސަލައިގަ ހިފަހައްޓާފައިވަނީ53 އަހަރުގެ ޕާކިސްތާނު މީހެކެވެ.
އެމީހާ އަތުގައި މަސްތުވާތަކެތި ހުރިކަން އެނގުނީ އަމަލުތައް ހުރިގޮތުން ބަލާ ފާސް ކުރިއިރު އެވެ.
ކަސްޓަމްސްއިން ބުނީ އޭނާ އަތުން ފެނުނު އެއްޗެހި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 4.98 ކިލޯ ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް ވުރެ މަތިވާނެކަމަށް ކަސްޓަމްސްއިން ލަފާ ކުރެ އެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤުކުރުމަށްޓަކައި، މި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް