އެމްޑީޕީން ފޯމު ހުށަހެޅި ވަގުތު ހަމަވިފަހުން، ވިލިމާލޭ ޑަބްލިއުޑިސީއަށް ވާދަ ކުރާނީ ޕީޕީއެމްއާ އެމްއެންޕީ

ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)އަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަ ކުރަން ވެރިކަން ކުރާ އެމްޑީޕީން ވަގުތު ހަމަވިފަހުން ފޯމު ހުށ...

14 Apr 2022 | 16:28

ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ)އަށް މެމްބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަ ކުރަން ވެރިކަން ކުރާ އެމްޑީޕީން ވަގުތު ހަމަވިފަހުން ފޯމު ހުށަހެޅުމުން އެ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލު ކޮށްފި އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ ވިލިމާލޭ އަންހެނުންގެ ކޮމީޓީގެ މެމްބަރު އާމިނަތު އީމާން ނިޔާވުމުންނެވެ. އޭނާ ނިޔާވީ ހުޅުމާލޭގައި ސައިކަލުގައި ދަނިކޮށް ކަހާލައިގެން ވެއްޓި ލުބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހު ފަހުކޮޅު އެވެ.

ބައި އިލެކްޝަންގައި ވާދަ ކުރުމަށް ހުޅުވާލާފައިވާ ފުރުސަތު ހަމަވެފައިވަނީ މިއަދު މެންދުރު12:00 ގައި އެވެ. މުއްދަތު ހަމަވި އިރު ފޯމް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް އާއި އެމްއެންޕީންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްޑީޕީގެ ފޯމް ބަލައި ނުގަންނާނެ ކަމަށެވެ. އަދި ވަގުތު ހަމަވި ފަހުން ފޯމު ބަލައިގަތުމަކީ އިންސާފެއް ނޫން ކަމަށް ބުނެފައިވެ އެވެ.

އެ ފޯމު ބާތިލް ކުރިކަން އިއުލާނު ކުރުމަށް ފަހު އީސީން ވަނީ ޕީޕީއެމް އާއި އެމްއެންޕީގެ ކެންޑިޑޭޓުގެ މެދުގައި ގުރު ނަގާނެ ތާރީހު އިއުލާނު ކޮށްފައި އެވެ. ގުރު ނެގުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު މެންދުރު2:00 ގައި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި އެވެ.

މިފަހުން ބޭއްވި ބައި އިލެކްޝަންތަކަށް އެމްޑީޕީން ބޮޑު ހަރަދުކޮށް ބޮޑެތި ކެމްޕެއިންތަކެއް ކުރި ނަމަވެސް ވިލިމާލޭ އަންހެނުންގެ ކޮމިޓީގެ ގޮނޑި ދިފާއު ކުރުމަށް މާބޮޑު މަސައްކަތެއް ނުކުރެ އެވެ. އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ފުރުސަތު ހުޅުވާލީވެސް އިއްޔެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް