ބޮލީވުޑްގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި މަޝްހޫރުވެފައިވާ ރަންބީރު ކަޕޫރާއި އާލިއާ ބަޓް ކައިވެނިކޮށްފި އެވެ.
މި ދެތަރިން ކައިވެނިކޮށްފައި މިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ފަސް އަހަރު ފަހުންނެވެ. ކައިވެނި ކުރީ ދެ ފަރާތު އާއިލާ އާއި ވަރަށް ގާތް މީހުންގެ ގޮތުގައި ބަލާ28 މީހުންގެ ހާޒިރުގައި މުމްބާއީގައި ހުންނަ ރަންބީރުގެ ގޭގައި އެވެ.
ކައިވެނި ކުރިކަން އާލިއާ ވަނީ އިންސްޓަގްރާމް ޕޭޖުގައި ރަސްމީކޮށް އިއުލާނުކޮށްފަ އެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ދެމީހުން ކައިވެނި ކުރީ މިދިޔަ ފަސް އަހަރު ދެމީހުންގެ ގުޅުމުގައި އެންމެ މުހިންމު ތަން ކަމަށްވާ ރަންބީރު ގޭ ބެލްކަނީގައި ކަމަށެވެ.
އެ ތަނަކީ ދެމީހުން އެކުގައި ފިލްމު ބަލާ، ލޯބިކޮށް، ހީނ، ސަކަރާތްޖަހައި، ކޫސަނި ޒުވާބުކޮށް ދެމީހުން އެންމެ ގަޔާވާ ޗައިނީސް ކާއެއްޗެހި މިދިޔަ ފަސް އަހަރު ކެއުމުގައި އެންމެ ގިނަ ވަގުތު ހޭދަ ކުރިތަން ކަމަށެވެ. އާލިއާ ބުނީ އެ ހުރިހާ ކަމެއް ކުރި ތަނުގައި ކައިވެނިކޮށް އެގޭގައި އިތުރު ހަނދާންތައް އެއްކުރުމަށް ކެތް މަދުވެފައިވާ ކަމަށެވެ.
ކައިވެންޏަށް ފަހު މިރޭ ދެ ތަރިން ވަނީ ގޭ ދޮރުމަތީގައި ތިބި ނޫސްވެރިންނާއި ބައްދަލު ކުރަން ބޭރަށް ނުކުމެފައި އެވެ. އަދި އެމީހުންނާއި ވާހަކަ ދައްކައި ފޮޓޯ ނެގުމުގެ ފުރުސަތު ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް