ސަމީރާ ރެޑީ ދިވެހި ބޮޑުކޭމަކަށް އިންސާފުކޮށްފި

ރާއްޖޭގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތޮލާ ސަމީރާ ރެޑީ ދިވެހި ބޮޑުކޭމަކަށް އިންސާފުކޮށްފިއެވެ. މަލާފަތެއްގައި ސަމީރާގެ އާއިލާއަށް ބޮޑުކޭން އަރުވާފައިވަނީ އޭނާ ޗުއްޓީ ހޭދަކުރަމު...

14 Apr 2022 | 14:53

ރާއްޖޭގައި އާއިލާއާއެކު ޗުއްޓީ ހޭދަކުރަމުން އަންނަ ބޮލީވުޑް ބަތޮލާ ސަމީރާ ރެޑީ ދިވެހި ބޮޑުކޭމަކަށް އިންސާފުކޮށްފިއެވެ.

މަލާފަތެއްގައި ސަމީރާގެ އާއިލާއަށް ބޮޑުކޭން އަރުވާފައިވަނީ އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ޖޭ ޑަބްލިއު މެރިއަޓް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާއިންނެވެ.

ސަމީރާ އޭނާގެ އިންސްޓަގްރާމްގެ ސްޓޯރީއަށް މި ބޮޑުކޭމުގެ އިވެންޓް ފޮޓޯތަކާއި ވީޑިއޯތައް ލާފައިވާއިރު ބޮޑުކޭމާއި ގުޅޭގޮތުން އޭނާއަށް އެނގިފައިވާ ބައެއް މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

އެގޮތުން އޭނާ ބުނެފައިވަނީ މަލާފަތަކީ އާއިލާއާއި ރަހުމަތްތެރިންގެ  އެކުގައި ބޮޑު ކެއުމަކަށް އިންސާފުކުރާ ހާއްސަ ކެއުމެއް ކަމަށެވެ.

"މަލާފަތު ކެއުމަކީ ދިވެހި ތާރީހާ ގުޅިލާމެހިފައިވާ ކެއުމެއް" ސަމީރާ ބުނެފައިވެއެވެ.

ސަމީރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ފިރިމީހާ އަކްޝަލް ވަރްދޭގެ އިތުރުން އެ ދެމަފިރިންގެ ދެ ދަރިންނާއިވެސް އެކުގައެވެ.

ސަމީރާގެ އާއިލާއަށް މަލާފަތު ބޮޑުކޭން އަރުވާފައިވަނީ ބޮޑުބެރު ޖެހުމުގެ ހަރަކާތާއިވެސް އެކުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް