އިންޑިއާގެ މަހަރާސްތުރާގައި ބޮނޑުގެ ވައްތަރެއް ކަމުގައިވާ "ބެންގާލް މޮނީޓާ ލިޒަޑް" އެއް ރޭޕު ކުރި ހަތަރު ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފިއެވެ.
އެ ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވަނީ މަހަރާސްތުރާގައި އޮންނަ ޝަހީދަރީ ޓައިގަރ ރިޒާވް ޕާކުގައި އޮތް ބޮނޑެއް ރޭޕުކުރި މައްސަލައިގައެވެ.
މި މައްސަލަ ފެންމަތިވީ އެ އަމަލު އެ ހަތަރު މީހުން ހިންގަނިކޮށް ކޮށްފައިވާ ވީޑިއޯއެއް އޭގެ ތެރެއިން އެކެއްގެ ފޯނުން ފެނިގެންނެވެ. އެއަށްފަހު ސީސީ ޓީވީގެ ފުޓޭޖަށް ބަލައި ހަތަރު މީހުން ދެނެގަނެ ހައްޔަރު ކުރިއެވެ.
މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ ސަންދީޕު ތުކުރާމާއި، ޕަވަރު މަންގޭސާއި، ޖަނަރްދަން ކަމްޓޭކަރުގެ އިތުރުން އަކްޝޭ ސުނިލް ނަަމަަކަށްކިޔާ ބައެކެވެ.
މި މައްސަލައިގާ އެ މީހުންގެ މައްޗަށް ޖަލު ހުކުމެއް އަންނާނެކަމަށް ބެލެވޭއިރު މި ބާވަތުގެ ބޮނޑަކީ 1972 އިން ފެށިގެން އިންޑިއާގައި ހިމާޔަތްކޮށްފައިވާ ބޮނޑުގެ ވައްތަރެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް