ލާމު އަތޮޅުގެ ހަތް ފަޅު ރަށެއް ބަލަހައްޓާނެ ބަޔަކު ހޯދަނީ

ލާމު އަތޮޅުގެ ހަތް ފަޅު ރަށެއް ވަގުތީ ގޮތުން ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ. ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާ ފަޅުރަށް ތަކަކީ މާވަށު ފަޅުތެރޭގައި އޮންނަ ބުއްރަހާ އާއި ބޮޑު ...

14 Apr 2022 | 14:24

ލާމު އަތޮޅުގެ ހަތް ފަޅު ރަށެއް ވަގުތީ ގޮތުން ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

ބަލަހައްޓާނެ ބަޔަކު ހޯދަން އިއުލާނުކޮށްފައިވާ ފަޅުރަށް ތަކަކީ މާވަށު ފަޅުތެރޭގައި އޮންނަ ބުއްރަހާ އާއި ބޮޑު ފެންރަހާގެ އިތުރުން ކުނަހަންދޫ ފަޅުތެރޭގައި އޮންނަ މާކަޅަވެއްޔާއި މާފުއްޓާއި އިސްދޫ ފަޅުތެރޭގައި އޮންނަ ބިލެއްތޭރަހާ އާއި ފެންބޯ ހުރާގެ އިތުރުން ބަރެސްދޫ ކައިރީގައި އޮންނަ އުވަދެވިފުއްޓެވެ.

ލާމު އަތޮޅު ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބުއްރަހާ، ބޮޑު ފެންރަހާ، މާކަޅަވެލި އަދި މާފުށި ބަލަހައްޓަން ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ހުށަހެޅުމަށް މިމަހުގެ 25 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު އެ އިދާރާއަށް އައުމަށެވެ.

އަދި ބިލެއްތޭރަހާ، ފެންބޯ ހުރާ އަދި އުވަދެވިފުށީގެ ބިޑް ހުށަހެޅުމަށް މިމަހުގެ 26 ވަނަ ދުވަހު ހެނދުނު 10:00 ޖަހާއިރު އެއިދާރާގައި އޮންނާނެކަމަށް އެ ކައުންސިލުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް