ވައްކަމުގެ މައްސަލައަކާ ގުޅިގެން ބަންގްލަދޭޝް މީހެއް ހޯދަނީ

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބަންގްލަދޭޝް މީހެއް ހޯދަން އިއުލާނު ކޮށްފިއެވެ. ފުލުހުން ބުނީ ވައްކަމުގެ މައްސަލައާއި ގުޅިގެން ހޯދަނީ ބަންގްލަދޭޝ...

14 Apr 2022 | 14:06

ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައެއްގެ ތަހުގީގަށް ބަންގްލަދޭޝް މީހެއް ހޯދަން އިއުލާނު ކޮށްފިއެވެ.

ފުލުހުން ބުނީ ވައްކަމުގެ މައްސަލައާއި ގުޅިގެން ހޯދަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 35 އަހަރުގެ ސްރީ ޓިޓަން ޗަންދުރާ ދާސް އެވެ.

ފުލުހުން ބުނީ މީނާ ހޯދަން އާންމުންކޮށް އިއުލާނު ކުރީ މީނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާގޮތުންކަމަށެވެ.

ފުލުހުން ބުނީ މިމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުގެ ނަންބަރު 9791674 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް