މުޒާހަރާގައި އުޅުނު އިންޑިއާ މީހާ ވެހިކަލުން ބޭރުގައި އުޅުނީ ހޫނު ވެގެން: ފުލުހުން

އިދިކޮޅު ޕީޕީއެމުން އިންތިޒާމުކޮށްގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވުނު '' ނޭވާހޮޅިއަށް'' މުޒާހަރާގައި ހަރަކާތްރެވި އިންޑިއާމީހެއްކަމާއި އޭނާ ވެހިކަލުން ބޭރުގައި އުޅުނީ ވެހިކަލް ހޫނުގަދަ ކަމުން ކ...

14 Apr 2022 | 10:43

އިދިކޮޅު ޕީޕީއެމުން އިންތިޒާމުކޮށްގެން މިދިޔަ މަހުގެ 25 ވަނަ ދުވަހު ބޭއްވުނު '' ނޭވާހޮޅިއަށް'' މުޒާހަރާގައި ހަރަކާތްރެވި އިންޑިއާމީހެއްކަމާއި އޭނާ ވެހިކަލުން ބޭރުގައި އުޅުނީ ވެހިކަލް ހޫނުގަދަ ކަމުން ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މި މައުލޫމާތު ދިނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން "ދިޔަރެސް" ނޫހުން އެމީހާގެ މައުލޫމާތު ހޯދުމަށް ހުށަހެޅުމުންނެވެ.

ފުލުހުން ބުނީ އޭނާގެ ނަމަކީ އަރުޖުން މޮހަނަން ނަޔަރ ލައިލަކުމަރި އެވެ. އަދި އޭނާ އަކީ ފުލުހުންގެ ތެރޭގައި މަސައްކަތް ކުރާ ނަރުހެއް ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މުޒާހަރާ އޮތް ދުވަހު މުޒާހަރާގެ ތެރޭގައި އޭނާ ހަރަކާތްތެރި ވެފައިވަނީ ފުލުހުންގެ ވެހިކަލްގެ އެތެރެ ހޫނު ގަދަވުމުން ވެހިކަލް ތެރޭގައި އިންނަން އުނދަގޫ ވާތީ ކަމަށް ފުލުހުން ވަނީ އެ ބުނެފައެވެ.

ފުލުހުން ހާމަކުރި މައުލޫމާތަށް ބަލާއިރު އޭނާ ފުލުހުންގެ ވަޒީފާ އާއި ގުޅުނީ 5 މާޗު 2021 ގައެވެ. އަދި އޭނާ އެ ވަޒީފާއަށް ނެގީ ސީވޯލްޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި އެކު ދިވެހި ފުލުހުންގެ ހިދުމަތުން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މުސާރައާއި އިނާޔަތްތަކާއި އެކު ކޮންމެ މަހަކަ އޭނާ އަށް 18942 ލިބެއެވެ.

އިދިކޮޅުގެ މުޒާހަރާގައި މި އިންޑިއާ މީހާ ފުލުހުންނާ އެކު ހަރަކާތްތެރިވުމުން އިދިކޮޅުން ވަނީ ބޮޑަތި ތުހުމަތުތަކެއް ސަރުކާރަށް ކޮށްފައެވެ. އެގޮތުން އިދިކޮޅުން ތުހުމަތުކުރާ ގޮތުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލުމަށް ފުލުހުންނަށް ކޮމާންޑް ދޭން ހުރީ މި މީހާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް