މަސްޖިދުއްނަބަވީގައި ރޯދައިގެ ފުރަތަމަ ދިހައިގާ މިލިޔަނަކަށްވުރެ ގިނަ ރޯދަވީއްލުން

މުސްލިމުންގެ ދެވަނަ ހަރަމްފުޅު އަދި ކީރިތި ރަސޫލާ މުހައްމަދު  ﷺ ގެ މިސްކިތް ކަމުގައިވާ މަސްޖިދުއްނަބަވީގައި މި ރޯދަމަހުގެ ފުރަތަމަ ދިހައެއްގައި މިލިޔަނަކަށްވުރެ ގިނަ ރޯދަވީއްލުން ދެވިފައިވާކަމަށް ސައޫ...

14 Apr 2022 | 09:31

މުސްލިމުންގެ ދެވަނަ ހަރަމްފުޅު އަދި ކީރިތި ރަސޫލާ މުހައްމަދު  ﷺ ގެ މިސްކިތް ކަމުގައިވާ މަސްޖިދުއްނަބަވީގައި މި ރޯދަމަހުގެ ފުރަތަމަ ދިހައެއްގައި މިލިޔަނަކަށްވުރެ ގިނަ ރޯދަވީއްލުން ދެވިފައިވާކަމަށް ސައޫދީން ހާމަކޮށްފިއެވެ.

އެގޮތުން ސައޫދީން ބުނެފައިވަނީ މި ރޯދަމަހުގެ ފުރަތަމަ ދިހައެއްގައި އެކަނި އެ މިސްކިތަށް ހަ މިލިޔަނަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށް ނަމާދުގެ އަޅުކަން އަދާކޮށްފައިވާކަމަށާއި 1.3 މިލިޔަން ރޯދަވީއްލުން ދެވިފައިވާކަމަށެވެ. މީގެ އިތުރުން 1.2 މިލިޔަން ފުޅި ޒަމްޒަމްފެން ބަހާފައިވާކަމަށާއި ޒަމްޒަމްފެން ފަސޭހައިން ލިބޭނޭހެން 14 ހާސް އިސްކުރު ހަރުކުރެވި ދުވާލަކު ތިން ފަހަރު އެ ޓޭންކްތައް ފުރަމުން އަންނަކަމުގައިވެސް ބުނެފައިވެއެެވެ.

އިތުރަށް ބުނެފައިވަނީ ހަ މިލިޔަން މީހުން މަސްޖިދުއްނަބަވީއަށް ޒިޔާރަތްކޮށް ނަމާދުގެ އަޅުކަންކޮށްފައިވާއިރު ދުރާލާ ސްލޮޓް ބުކްކޮށްގެން މަސްޖިދުއްނަބަވީ ގައިވާ އައްރަވްޟާ ބިންކޮޅުގައި ތިން ލައްކައަށްވުރެ ގިނަމީހުން ނަމާދުގެ އަޅުކަން އަދާކޮށްފައިވާކަމަށެވެ.

އައްރަވްޟާ އަކީ ކީރިތީ ރަސޫލާގެ ގެކޮޅާއި އެކަލޭގެފާނުގެ މެންބަރުކޮޅާ ދެމެދުގައިވާ ކުޑަ ތަންކޮޅެކެވެ. މަސްޖިދުއްނަބަވީ ގައިވާ އައްރަވްޟާ އަކީ ސުވަރުގޭގެ ބިންކޮޅެއް ކަމަށް ކީރިތި ރަސޫލާގެ ޙަދީޘް ފުޅުން ސާބިތުވާ ތަނެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް