ކަރަންޓު ކެނޑުނު ހުރިހާ ހިސާބަކަށް ކަރަންޓު ދީފިން: ސްޓެލްކޯ

ކަރަންޓުގެ ހިދުމަތް ކެނޑުނު ހުޅުމާލެއާ މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މަގުހެދުމުގެ ތެރެއިން ޑިސްޓްރިބުޝަން ކޭބަލެއް ބުރ...

14 Apr 2022 | 08:34

ކަރަންޓުގެ ހިދުމަތް ކެނޑުނު ހުޅުމާލެއާ މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ މަގުހެދުމުގެ ތެރެއިން ޑިސްޓްރިބުޝަން ކޭބަލެއް ބުރިވެގެން ގްރޭޓާ މާލޭ ކަނެކްޓިވިޓީ ގްރިޑުގެ ހިދުމަތް މެދުކެނޑިގެންނެވެ.

ކޭބަލް ބުރިވީ ހުޅުމާލެއިންނެވެ.

ސްޓެލްކޯއިން ބުނީ ދިމާވި މައްސަލަ ހައްލުކޮށް މިހާރު ހުރިހާ ސަރަހައްދަކަށް ކަރަންޓު ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު ކަރަންޓު ނުލިބޭ ގެއެއް ހުރި ނަމަ ސްޓެލްކޯއަށް އެންގުމަށް އެދޭ ކަމަށެވެ.

ހިދުމަތް ނުލިބޭނަމަ ގުޅަން ޖެހެނީ104 ނަމްބަރަށެވެ.

ހުޅުމާލެއާއި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ހިންގި ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް