ކަރަންޓު ކެނޑުނީ ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ޑިސްޓްރިބިއުޝަން ކޭބަލެއް ބުރިވެގެން!

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ގޮސްފައިވަނީ މަގުހެދުމުގެ ތެރެއިން ޑިސްޓްރިބުޝަން ކޭބަލެއް ބުރިވެގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ. ސްޓެލްކޯއިން ބުނީ ކޭބަލް ބުރިވެގެން ކަރަންޓ...

14 Apr 2022 | 07:40

މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ގޮސްފައިވަނީ މަގުހެދުމުގެ ތެރެއިން ޑިސްޓްރިބުޝަން ކޭބަލެއް ބުރިވެގެން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން ބުނީ ކޭބަލް ބުރިވެގެން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދެވޭނީ އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވުމުންނެވެ.

ކަރަންޓު ކެނޑުނީ ހުޅުމާލޭގައި އެޗްޑީސީން މަގު ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.

ސްޓެލްކޯއިން މައުލޫމާތުދޭގޮތުގައި މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދަނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިން ނެވެ.

އެ ކުންފުނިން މަސައްކަތް ކުރަނީ ވީއެންމެ އަވަހަކަށް އިންޓަރކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށެވެ.

ހުޅުމާލެއާއި މާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ހިންގި ގްރޭޓާ މާލޭ އިންޓަކަނެކްޝަން ގްރިޑްގެ މަސައްކަތް ނިންމައި އޮޕަރޭޝަނަށް ގެނައީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް