1443 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ 5 ވަނަ ޕްރޮގްރާމް މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިހްޔާ ފޯރަމް ގައި މިރޭ ތަޤްރީރުކުރައްވާނީ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އަދި ޑރ. އަނާރާ ނަޢީމްއެވެ.
މިރޭގެ މައުޟޫޢުއަކީ ”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢުއެވެ.
ކޮންމެ އާދިއްތަ، ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ ބާއްވާ އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30 އަށެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ބުނީ އާދިއްތަ އަދި ބުރާސްފަތި ދުވަހު އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ މާލެ ސިޓީ، އިސްލާމީ މަރުކަޒުގައި ކަމަށެވެ.
އަދި ހުކުރު ދުވަހުގެ ރޭގެ އިޙްޔާ ފޯރަމްތައް ކުރިއަށް ގެންދާނީ ރާއްޖޭގެ އެކި އަތޮޅުތަކުގައެވެ.
އެގޮތުން 8 އޭޕްރީލްގައި ކުޅުދުއްފުށި ސިޓީގައި އިޙްޔާ ފޯރަމް ބާއްވާފައިވާއިރު ދެން އެންމެ އަވަހަށް މި ފޯރަމް އޮންނާނީ 15 އޭޕްރީލްގައި އައްޑޫ ސިޓީގައި، 22 އޭޕްރީލްގައި ފުވައްމުލަކު ސިޓީގައި، އަދި 29 އޭޕްރީލްގައި ރ. ދުވާފަރުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް