ެއެންޑީއޭގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރުމުން އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ފުރުސުތު ފަހިކޮށް ދެނީ

ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ފުރުޞަތު ފަހިކޮށްދިނުމަށް އެމްޓީސީސީ އާއި އެންޑީއޭއާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެ...

14 Apr 2022 | 06:31

ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ފުރުޞަތު ފަހިކޮށްދިނުމަށް އެމްޓީސީސީ އާއި އެންޑީއޭއާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު މިނިސްޓްރީ އޮފް ހެލްތްގައި ބޭއްވުނު ރަސްމިއްޔާތެއްގައި، ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލާ މަރިޔަމް ޙާލިދާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމެވެ.

އެމްޓީސީސީން ބުނީ މި އެމްއޯޔޫގެ މަޤްސަދަކީ އެންޑީއޭ އިން ދެމުންދާ ފަރުވާގެ ޕްރޮގްރާމް ފުރިހަމަކޮށް މުޖުތަމަޢުއާއި ގުޅޭ ފަރާތްތައް މުޖުތަމަޢުއަށް އަހުލުވެރި ކުރުމުގެ ގޮތުން ކުރިއަށް ގެންދާ "ރީއިންޓަރގްރޭޝަން އެންޑް އާފްޓަރ ކެއާރ" ގެ ޕްރޮގްރާމަށް އެމްޓީސީސީގެ ފަރާތުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.

މި އެމްއޯޔޫގެ މުއްދަތަކީ ސޮއިކުރެވޭ ތާރީޚުން ފެށިގެން 3 އަހަރު ދުވަސް ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޓީސީސީން ބުނީ އެ ފަރާތްތަކަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އެމްޓީސީސީން ފަހިކޮށްދޭނީ ކުންފުނީގެ އިޖްތިމާޢީ ޒިންމާ ގެ ދަށުން ކަމަށެވެ.

އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކަށް ކަނޑައަޅާފައިވާ ޝަރުތު ހަމަވާ ގޮތުގެމަތިން ބައިވެރިކުރާނެ މީހުން ނިންމާނީ އެންޑީއޭއިން ހުށަހަޅާ ލިސްޓަކަށް ބިނާކޮށް ކަމަށާއި

އަދި މި އެމްއޯޔޫގެ ދަށުން، އެމްޓީސީސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ އުޅުމާއި، އަޚްލާޤާއި ސުލޫކް އަދި މަސައްކަތް ކުރާގޮތުގެ ރިވިއު ރިޕޯރޓެއް، ކޮންމެ މަހަކު އެންޑީއޭގެ ކޭސްވޯކަރާއި ހިއްސާކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމް ފުރިހަމަކުރާ މީހުން މުޖުތަމަޢުއަށް ބޭނުންތެރި ބައެއްގެ ގޮތުގައި ތަމްރީން ކުރުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެމްޓީސީސީގެ ހަޔާތުގައި ވޭތުވެދިޔަ އަހަރުތަކުގައި، ތަފާތު ރޮނގު ރޮނގުން އިޖްތިމާޢީ ޒިންމާ އަދާކޮށްދީފައި ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް