ގޯހަރް އާއި ފިރިމިހާ ކައިވެނީގެ ކުރިން ދެކުނު ހުވަފެން ހަގީގަތަކަށް، އެކުގައި އުމްރާގައި

އިންޑިއާގެ މަޝްހޫރު ތަރި އަދި ބިގް ބޮސް ހަތެއް ކާމިޔާބު ކުރި ގޯހަރް ހާން އާއި ފިރިމީހާ ޒައިދު ދަރްބާރު އުމްރާގެ އަޅުކަން އަދާކޮށްފި އެވެ. މީގެ ތިން ދުވަސް ކުރިން އެމީހުން އުމްރާގެ އަޅުކަމަށް ސައުދީ އަ...

14 Apr 2022 | 06:08

އިންޑިއާގެ މަޝްހޫރު ތަރި އަދި ބިގް ބޮސް ހަތެއް ކާމިޔާބު ކުރި ގޯހަރް ހާން އާއި ފިރިމީހާ ޒައިދު ދަރްބާރު އުމްރާގެ އަޅުކަން އަދާކޮށްފި އެވެ.

މީގެ ތިން ދުވަސް ކުރިން އެމީހުން އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދިޔަކަން ޒައިދު ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފަ އެވެ. ދެމަފިރިންގެ ފޮޓޯ އަކާއި އެކު ކޮށްފައިވާ ޕޯސްޓެއްގައި އޭނާ ބުނީ އެއީ އުމްރާއަށް ދިއުމަކީ ދެމީހުން ކައިވެނީގެ ކުރިން ދެކެމުން އައި ހުވަފެނެއް ކަމަށެވެ.

އަދި މިއަދު އެ ހުވަފެން ހަގީގަތަކަށް ވެފައިވާ ކަމަށާއި އެމީހުންގެ އަޅުކަމުގައި އެންމެންނަށް ދުއާކޮށްދޭނެ ކަމަށެވެ. ދެމަފިރިންގެ އިތުރުން މި ދަތުރުގައި ޒައިދްގެ އާއިލާ ބައިވެރިވެ އެވެ.

މައްކާގެ މާތްވެގެންވާ ހަރަމްފުޅުގެ ތެރޭގައި ހުރެ ނަގާފައި ފޮޓޯއެއް ހިއްސާ ކުރުމަށް ފަހު ގޯހަރް އިންސްޓަގްރާމްގައި ބުނެފައިވަނީ އެތަނަކީ އޭނާއަށް ދެވޭނެ އެންމެ ރީތިތަން ކަމަށެވެ. އަދި އެ ބިމަށް ދެވުނީތީ ގޯހަރް ވަނީ މާތް ﷲ އަށް ހަމްދާއި ޝުކުރު ކޮށްފަ އެވެ.

https://www.instagram.com/p/CcKPgpgI4as/

https://www.instagram.com/p/CcOVUpIL8FF/

ގޯހަރާއި ޒައިދު ކައިވެނި ކުރީ2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ޒައިދަކީ އެކްޓަރެއްގެ އިތުރުން ބޮލީވުޑްގެ މަޝްހޫރު ނެށުންތެރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް