ޢީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ ދެ ދަތުރު މެލޭޝިޔާއަށް

ކުރިއަށް އޮތް ފިޠުރު ޢީދު ޗުއްޓީއާއި ދިމާކޮށް މޯލްޑިވިއަންގެ ދެ ދަތުރެއް މެލޭޝިޔާގެ ކުއަލަލަމްޕޫރަށް ކުރަން ނިންމައިފިއެވެ. މިގޮތުން ޢީދު ފެށުމުގެ ކުރިން އެއް ދަތުރު އަދި ޢީދު ނިމުމުގެ ކުރިން އެއް ދަތ...

14 Apr 2022 | 05:44

ކުރިއަށް އޮތް ފިޠުރު ޢީދު ޗުއްޓީއާއި ދިމާކޮށް މޯލްޑިވިއަންގެ ދެ ދަތުރެއް މެލޭޝިޔާގެ ކުއަލަލަމްޕޫރަށް ކުރަން ނިންމައިފިއެވެ.

މިގޮތުން ޢީދު ފެށުމުގެ ކުރިން އެއް ދަތުރު އަދި ޢީދު ނިމުމުގެ ކުރިން އެއް ދަތުރު ކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވިއަންއިން ބުނެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސްއިން އަހްމަދު މުޝްހިލް ސޮބާހް ވިދާޅުވީ ފުރަތަަމަ ފްލައިޓް އޮންނާނީ ޢީދު ޗުއްޓީ ފެށުމުގެ ކުރިން މި މަހުގެ 28ގައި ކަމަށާއި ދެވަނަ ފްލައިޓް އޮންނާނީ ޢީދު ނިމުމަށްފަހު އަންނަ މަހުގެ ހަތެއްގައި ކަމަށެވެ.

200 ޕަސިންޖަރުންގެ ޖާގައިގެ މި ފްލައިޓް ދަތުރު ޢީދާދިމާކޮށް މެލޭޝިޔާއަށް ކުރަން ނިންމީ މޯލްޑިވިއަން އިން ޢީދާ ދިމާކޮށް ކަސްޓަމަރުންނަށް ހާއްސަ ކަމެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށް މުޝްހިލް ވިދާޅުވިއެވެ.

މޯލްޑިވިއަން އިން މައުލޫމާތުދެއްވާގޮތުގައި މި ދަތުރުތަކުގެ ފެށޭ އަގަކީ ދެކޮޅަށް 399 ޑޮލަރެވެ. 17 އޭޕްރީލް ވާ އާދީއްތަ ދުވަހުން ފެށިގެން ބުކިންއަށް ހުޅުވާލާނެކަމުގައިވެސް މޯލްޑިވިއަންއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް