ކޮވިޑުގެ ބަލިމަޑުކަމާހެދި ތައިލެންޑްގައި މި އަހަރުވެސް ފެންކުޅި ކުޅުމުގައި ފެންޖެހުން ސަރުކާރުން މަނާކޮށްފިއެވެ.
ތައިލެންޑްގައި ތިން ދުވަހުގެ މުއްދަތަށް ފެންކުޅި އީދެއް ކޮންމެ އަހަރަކު ކުރިއަށްގެންދަނީ އެ ގައުމުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.
ކުރީގައި ނަމަ ގިނަ އަދަދެއްގެ ބަޔަކު އެ ތިން ދުވަހު މަގުތަކަށް ނިކުމެ ފެންކުޅި ކުޅެތެވެ. އެހެންނަމަވެސް 2020 އިން ފެށިގެން ފާއިތުމިވާ ތިން އަހަރުވެސް ކޮވިޑާއި ގުޅިގެން ފެންކުޅި ކުޅުމުގައި ފެންޖެހުން ވަނީ މަނާކޮށްފައެވެ.
ތައިލެންޑްގައި މިވަގުތުވެސް ކޮވިޑުގެ ހާލަތު ގޯހެވެ. ކަމާބެހޭ ފަރާތްތަކުން އަންދާޒާ ކުރަނީ އަދިވެސް ހާލަތު ގޯސްވާނެ ކަމަށެވެ. އެގޮތުން އިއްޔެ އެކަނި ތައިލެންޑުން 23 ހާސް މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އިއްޔެ އެކަނި ކޮވިޑުގައި 106 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް