މިސްރުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 10 މީހަކު މަރުވެއްޖެ

މިސްރުގެ ގާހިރާގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 10 މީހަކު މަރުވެއްޖެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ފަތުރުވެރިން ގޮވައިގެން ދުއްވާފައިދިޔަ ބަހެއްގައި ލޮރީއަކުން ޖެހިގެންނެވެ. ހާދި...

14 Apr 2022 | 04:58

މިސްރުގެ ގާހިރާގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 10 މީހަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ފަތުރުވެރިން ގޮވައިގެން ދުއްވާފައިދިޔަ ބަހެއްގައި ލޮރީއަކުން ޖެހިގެންނެވެ. ހާދިސާގައި ބަހުގައި ރޯވެ ބަސް އެކުގައިގެން ހުލިވެފައިވާއިރު 10 މީހަކު މަރުވެ 14 މީހަކު ޒަހަމްވެފައިވެއެވެ.

މަރުވި މީހުންގެ ތެރޭގައި މިސްރަށް ނިސްބަތްވާ ފަސް މީހަކު ހިމެނެއެވެ. ދެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ފްރާންސަށް ނިސްބަތްވާ ހަތަރު ފަތުރުވެރިޔަކާއި ބެލްޖިއަމަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.

އެކްސިޑެންޓްވި ބަހަކީ ނީލަ ކޯރު ކައިރީގައި އޮންނަ ގަދީމީ ސަހަރެއް ކަމަށްވާ އެސްނާ ސަހަރަށް ދަތުރުކުރަމުންދިޔަ ބަހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް