އެއްބަސްވުންތަކުގައި ސޮއި ކުރާއިރު އަމަލު ކުރާނެ ގޮތާއި ގޮތުން މަޝްވަރާކޮށްފި

އެއްބަސްވުންތައް ޤާއިމްކުރުމުގެ ނެގޯސިއޭޝަން ޓެކްނިކްސް އަދި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ޕްރޮޓޮކޯލްއާ ގުޅޭ ތަމްރީން ސެޝަން އެއް ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން ބާއްވަ...

14 Apr 2022 | 04:55

އެއްބަސްވުންތައް ޤާއިމްކުރުމުގެ ނެގޯސިއޭޝަން ޓެކްނިކްސް އަދި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ޕްރޮޓޮކޯލްއާ ގުޅޭ ތަމްރީން ސެޝަން އެއް ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން ބާއްވައިފިއެވެ.

މިނިސްޓްރީ އޮފް ފިނޭންސް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައިވެރިވި މި ސެޝަންގައި، އެއްބަސްވުމެއް އެކުލަވާލުމުގައި ނެގޯޝިއޭޓްކުރުމުގެ ޕްރޮސެސް އޮންނަ ގޮތާއި، އަދި އެއްބަސްވުމެއްގައި ސޮއިކުރުމާ ހަމަޔަށް އޮންނަ މަރުޙަލާތަކުގައި އަމަލުކުރާ ޕްރޮޓޮކޯލްއާ ގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު އެރުވުނެވެ.

އިއްޔެ ފޮރިން މިނިސްޓްރީގައި ފޮސިމް އިން ކުރިއަށް ގެންދިޔަ މި ސެޝަންއަކީ ފޮސިމްގެ ސްޓޭކް ހޮލްޑަރ އެވެއަރނެސް ޕްރޮގްރާމްގެ ދަށުން ހިންގުނު ސެޝަންއެކެވެ. ސްޓޭކްހޮލްޑަރ އެވެއަރނެސް ޕްރޮގްރާމަކީ ފޮރިން މިނިސްޓްރީއަށް ތަޖުރިބާއާއި ކަމާ ގުޅުން ހުރި ދާއިރާތަކުން ލިބިފައިވާ ހުނަރުތައް ދައުލަތުގެ އެހެން މިނިސްޓްރީތަކާ އަދި އިދާރާތަކާ ހިއްސާކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އިއްޔެގެ ސެޝަން ނަންގަވައިދެއްވީ ޗީފް އޮފް ޕްރޮޓޮކޯލް އައިޝަތު ޝާން ޝާކިރު، އެޑިޝަނަލް ސެކްރެޓަރީ އަހުމަދު ޝިއާން އަދި ލީގަލް ކައުންސެލް އޛ މުހައްމަދު އަސީލް ހަސަން އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް