މާޗް މަހު އިމްޕޯޓު އެކްސްޕޯޓުން ލިބުނު ފައިދާ ދަށްވެއްޖެ

މިދިޔަ މާޗް މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުން ލިބުނު ފައިދާ އާއި އެކްސްޕޯޓު ކޮށްގެން ލިބުނު ފައިދާ ދަށްވެއްޖެ އެވެ. ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މާޗް މަހު ރާއ...

14 Apr 2017 | 09:06

މިދިޔަ މާޗް މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުން ލިބުނު ފައިދާ އާއި އެކްސްޕޯޓު ކޮށްގެން ލިބުނު ފައިދާ ދަށްވެއްޖެ އެވެ.

ކަސްޓަމްސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މާޗް މަހު ރާއްޖެއަށް އިމްޕޯޓު ކޮށްފައިވާ މުދަލުން ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި 171 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެކަމަކު 2016 ވަނަ އަހަރުގެ މާޗް މަހު ރާއްޖެއަށް އެތެރެ ކުރި މުދަލުން ވަނީ 223 މިލިއަން ރުފިޔާ ލިބިފައި އެވެ.

މިދިޔަ މަހު އެކްސްޕޯޓު ކޮށްގެން ކަސްޓަމްސްއަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 249 މިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ އަހަރުގެ އެ މުއްދަތު ވަނީ 301.6 މިލިޔަން ރުފިޔާ ލިބިފައި އެވެ.

ކަސްޓަމްސްއިން ބުނީ ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އަދަދު ދަށްކަމުގައި ވިޔަސް އިމްޕޯޓު ކުރި މިންވަރު ހަ ޕަސެންޓު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗްމަހު 2.87 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މިއަހަރު ވަނީ ތިން ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައި އެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނަ މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލެންޑަށެވެ. އެއީ އެކްސްޕޯޓު ކުރި މުދަލުގެ 18 ޕަސެންޓެވެ. އެންމެ ގިނައިން މުދާ އިމްޕޯޓު ކުރީ އެކުވެރި އަރަބި އިމާރާތުންނެވެ. އެއީ ރާއްޖެއަށް އެތެރެ ކުރި މުދަލުގެ 20 ޕަސެންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް