އެމެރިކާގައި އަށް އަހަރުގެ ކުޑަ ކުއްޖަކު ބާގާ ކާހިތުން ޔޫޓިއުބުން ބަލައިގެން ކާރު ދުއްވަން ދަސްކޮށްގެން މެކްޑޮނަލްޑްސް އަށް ގޮސްފި އެވެ.
އެ ކުއްޖާ ބައްޕަ ކާރުގައި ދިޔައީ ބައްޕައަށްވެސް ނޭނގި އެވެ. އަދި ދިޔައީ ހަތަރު އަހަރުގެ އަންހެން ކޮށްކޮވެސް ގޮވައިގެންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ކުއްޖާ ވަނީ ގެއިން ނުކުމެގެން 1.6 ކިލޯ މީޓަރަށް ކާރު ދުއްވާފައި އެވެ. އަދި ޓްރެފިކް ގަވައިދަކާ ހިލާފުވެފައި ނުވާއިރު އެ ކުއްޖާ ކާރު ދުއްވި އިރު އަލަށް މީހަކު ކާރު ދުއްވާހެންވެސް ހީ ނުވާ ކަމަށްވެ އެވެ.
އެ ދެ ކުދިން ކާރުގައި ގޮސް މެކްޑޮނަލްޑްސް އާއި ކައިރިވިތަނާ މަގުމަތިން ދިޔަ މީހަކު ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައި އެވެ. އެމީހާ ފުލުހުންނަށް ރިޕޯޓު ކުރީ ޑަރައިވަރު މާ ކުރު ކަމުން މަގުމަތި ނުފެންނާނެ ކަމަށް ބުނެ އެވެ.
އެކަން އެނގިގެން ފުލުހުން އަންނަން ވީއިރު އެ ކުދިން ވަނީ އެއްކޮށްފައި ހުރި ވަކި ލާރިން ފައިސާ ދައްކައިގެން ބާގާ ގަނެގެން ނުކުމެފައި އެވެ. ފުލުހުން ހުއްޓުވާ ސުވާލު ކުރުމުން އެ ކުއްޖާ ބުނެފައިވަނީ މަންމަ ނިދާފަ އޮތީމަ ނުގޮވަންވެގެން، ބާގާ ކާހިތުން ނުހުރެވިގެން ޔޫޓިއުބުން ބަލައިގެން ކާރު ދުއްވަން ދަސްކޮށްގެން ދަނީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް