ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާލެ އަންނަ ފެރީތައް ފުރާ ސަރަހައްދު ތަރައްގީ ކުރުމަށް ފެރީތައް ފުރާ ސަރަހައްދު ބަދަލު ކުރަން ނިންމައިފި އެވެ.
އެ ސަރަހައްދު ބަންދު ކުރަން ހަމަޖެހިފައިވަނީ އަންނަ ހަފްތާއިން ފެށިގެންނެވެ. އެލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) ން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ސަރަހައްދު ހަދާ ނިމެންދެން އެއާޕޯޓުން ފުރާ ފެރީތައް ފުރާނީ މާލެއިން އަންނަ ފެރީ މަޑު ކުރާ ސަރަހައްދަށް ކަމަށެވެ.
އެމްއޭސީއެލް އިން މީގެ ކުރިން ބުނެފައިވަނީ އަލަށް ހަދާ އެ ޓާމިނަލް ނިމޭ އިރު ބައިނަލްއަގުވާމީ ފްރެންޗައިޒް އައުޓްލެޓުތައް އެ އިމާރާތުގައި ހިންގަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފްރެންޗައިޒް އައުޓްލެޓުތައް ހިންގާނެ ފަރާތްތައް ހޯދުމަށް އެ ކުންފުނިން ވަނީ އިއުލާނު ކޮށްފައި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ހިންގ ާބޮޑު މަޝްރޫއުގެ ދަށުން އާ ޓާމިނަލް އަކާއި ތެޔޮ ރައްކާ ކުރާ ތަނަކާއި އާ ރަންވޭއެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އަންނަ އަހަރުގެ އޯގަސްޓު މަހު އާ ރަންވޭގެ މަސައްކަތް ނިމޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް