ނޫރުގެ މަރުގެ މައްސަލައިގަ ހޯދާ ޝަމްލު އަމިއްލަައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެއްޖެ

އައިޖީއެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒުވާނަކު މަރުވި މައްސަލާގައި ހޯދަމުން ދިޔަ މުޙައްމަދު ޝަމްލު މިއަދުގެ ހެނދުނު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހިނގައްޖެ އެވ...

14 Apr 2015 | 09:26

އައިޖީއެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒުވާނަކު މަރުވި މައްސަލާގައި ހޯދަމުން ދިޔަ މުޙައްމަދު ޝަމްލު މިއަދުގެ ހެނދުނު އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން މިހާތަނަށް ހޯދަން އިއުލާން ކުރި ތިން މީހުންގެ ތެރެއިން ދެ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށެވެ. އަދި މިހާރު ހޯދަމުން ދަނީ އެންމެ މީހެއް ކަމަށާއި އެއީ މާލެ، ދަފްތަރު ނަންބަރު ދރ 1169، އިސްހާގު ނާދިރު (18އ) ކަމަށެވެ.

ޝަމްލުގެ އިތުރުން މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދި މީހުންގެ ތެރެއިން ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވަނީ މުހައްމަދު ސަމީހު އެވެ.

ފުލުހުން ވަނީ އިސްހާގު ނާދިރު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުމަށް އެދިފަ އެވެ.

އައިޖީއެމްއެޗް ކައިރިން ހަމަލާ ދިނުމުގެ ސަބަބުން މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ މަރުވެފައިވަނީ މާލޭ، ދަފްތަރު، ނޫރު އާދަމް ހަސަންފުޅު (29 އ) އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް