ޣައްސާން ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލުކޮށްފި

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރައީސް އޮފީހަށް މިއަދު ބަދަލުކޮށްފި އެވެ. ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން ބަދަލުކުރީ ރައީސް އޮފީހުގ...

14 Apr 2015 | 09:13

ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ރައީސް އޮފީހަށް މިއަދު ބަދަލުކޮށްފި އެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫންގެ ދަރިކަލުން ޣައްސާން ބަދަލުކުރީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ޣައްސާން ރައީސް އޮފީހުގައި އަދާކުރައްވާނެ ޒިންމާ އަކީ، ކުޅިވަރާއި ޒުވާނުންގެ މެނިފެސްޓޯގެ ކަންކަން ވިލަރެސްކުރުމާއި ސިއްހީ ‏‏ދާއިރާ ތަރައްގީ ކުރުމަށް ސީދާ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން މަސައްކަތް ކުރެއްވުން ކަމަށް ރައސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވިދާޅުވި އެވެ.

ރައީސް އޮފީހުގައި މިހާރު ވެސް އެހެން ސްޓޭޓް މިނިސްޓަރެއް ހުންނަވަ އެވެ. އެއީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު މުހައްމަދު މުޖުތާޒެވެ. އޭގެ އިތުރުން ދެ މިނިސްޓަރުން ތިއްބަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް