ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރުގެ ރޯދަ މަހު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ ކޯޕަރޭޝަންގެ ހަވާލުގައި އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިފެން މިމަހުގެ ނިޔަލަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފޯމާއި ފައިސާ ބަލައިގަތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:15 އިން 1:00 އާ ހަމައަށް އެ އޮފީހުގައި ކުރިޔަށް ދާނެކަމަށް ބުނެ އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނެފައިވަނީ މިއަހަރު ރޯދަ މަހުގެ އުމްރާ ގެންދާނީ 500 މީހުން ކަމަށެވެ. ނަމަވެސް ފަހުން އެ ކޯޕަރޭޝަނުން ވަނީ ޖާގަ އޮތް ވަރަކުން އިތުރު މީހުންނަށް ފުރުސަތު ދޭނެ ކަމަށް ބުނެފަ އެވެ.
މި އަހަރުގެ އުމްރާ ދަތުރަކަށް ހައްޖު ކޯޕަރޭޝަނުން ނަގަނީ 39،965ރ. އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް