އަމީނިއްޔާ ސްކޫލްގެ ޕްރިންސިޕަލް އާތިޔާ ނަސީރު އެ މަގާމުން ވަކިކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުންވަކި ކުރިކަން އަންގާ އާތިޔާ އަށް ސިިވިލް ސާވިސް ކޮމިޝަނުން ފޮނުވި ޗިޓުގައި ބުނެފައިވަނީ އާތިޔާ މަގާމުން ވަކި ކުރީ އޭނާ އެ ސްކޫލުގައި އިތުރަށް ބެހެއްޓުމުން އެތަނަށް ގެއްލުން ވެދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ފެންނާތީ" އެވެ.
އާތިޔާ މަގާމުން ވަކިކޮށްފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
އާތިޔާ އަކީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު އަހުމަދު އަބްދުﷲ ގެ އަނބިކަނބަލުންނެވެ.
އަމީނިއްޔާ ސްކޫލުގެ ޕްރިންސިޕަލްކަމާއި 2011 ވަނަ އަހަރު އޭނާ ހަވާލެފައިވާއިރު އޭގެ ކުރިން އޭނާ ހުންނެވީ އެ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް