ރައީސް އޮފީހުގެ މިނިސްޓަރު ސަމީރު ޖޭޕީން އިސްތިއުފާ ދީފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓިން އިސްތިއުފާ ދެއްވައިފި އެވެ. ޖޭޕީގެ ކުރީގެ އެސްޖީ ސަމީރު ދުވަހަށް މަޢުލ...

14 Mar 2023 | 15:30

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމުމުން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު އެ ޕާޓިން އިސްތިއުފާ ދެއްވައިފި އެވެ.

ޖޭޕީގެ ކުރީގެ އެސްޖީ ސަމީރު ދުވަހަށް މަޢުލޫމާތު ދެމުން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އޭނާ ތާއީދު ކުރައްވަން ނިންމަވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ކަމަށާއި އެހެންވެ ޖޭޕީ ވަކިން ވާދަކުރަން ނިންމުމުން ޕާޓީގައި އޭނާ ހުންނެވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

އެހެންކަމުން ސަމީރު ވިދާޅުވީ އޭނާ ވަނީ ޖޭޕީން އިސްތިއުފާ ދެއްވާފައި ކަމަށެވެ.

ސަމީރު ވަނީ މިއަދު ކުރިއަށް ގެންދިޔަ ޖޭޕީގެ ކައުންސިލް ބައްދަލު ވުމުގައި، ރިޔާސީ އިންތިހާބު ގައި އެ ޕާޓީން ކަން ކުރާނެ ގޮތަކާ މެދު ވޯޓަށް އެހި އިރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރާ އެކު ކޯލިޝަން ހަދައިގެން ކުރިއަށްދާން ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. އަދި އެގޮތަށް ވޯޓު ދެއްވާފައި ވަނީ ސަމީރު އެކަންޏެވެ.

މީގެ އިތުރުން  މިދިޔަ މަހު ބޭއްވި ޖޭޕީގެ ހަތަރު ވަނަ ޤައުމީ ކޮންޕަރެންސްގައި ވެސް ސަމީރު ވަނީ މިސަރުކާރު ހިމެނޭ އެމްޑީޕީއާއިއެކު ކޯލިޝަން ހަދައިގެން ކުރިއަށް ދިއުމަށް ބާރު އަޅައި ވާހަކަ ދައްކަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް