ގުރައިދޫ ދާއިރާގެ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ މެންދުރު

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ. މި އިންތިހާބަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ އިއްޔެ މެންދުރު ފަހު2:00 ގައި...

14 Mar 2023 | 14:30

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުން މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

މި އިންތިހާބަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ އިއްޔެ މެންދުރު ފަހު2:00 ގައި އެވެ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރަނީ ތިން ކެންޑިޑޭޓުންނެވެ.

އީސީން ބުނީ ކެންޑިޑޭޓުންްގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ މާދަމާ މެންދުރު2:00 ގައި ކަމަށެވެ. ގުރުއަތު ނެގުން ކުރިޔަށް ގެންދަނީ އީސީގެ އޮފީހުގައި އެވެ.

ގުރު ނަގާ ގަޑިއަށް ކެންޑިޑޭޓަށް ހާޒިރު ނުވެވޭނަމަ ބަދަލު އަންނަ މީހާ އަތުގައި ކެންޑިޑޭޓުުގެ ސިޓީއެއް އޮންނަން ޖެހެ އެވެ. އަދި ކެންޑިޑޭޓާއި ފަރާތުން މަންދޫބަކު ހާޒިރު ނުވެއްޖެ ނަމަ ގުރު ނަގާނީ އީސީގެ އޮފިޝަލަކު ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް