ދަންވަރު އެކެއް ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ

ފަތިހުން ފެށިގެން ދަންވަރު އެކަކާއި ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމުގައި މިނިސްޓްރީން ބުނެފިއެވެ. ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ގެނައި މި ބަދަލާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ...

14 Mar 2023 | 11:25

ފަތިހުން ފެށިގެން ދަންވަރު އެކަކާއި ހަމައަށް ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ކަމުގައި މިނިސްޓްރީން ބުނެފިއެވެ.

ކުރިއަށް އޮތް ރޯދަމަހާއި ދިމާކޮށް ގެނައި މި ބަދަލާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މާދަމާއިން ފެށިގެން ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ފަތިހު 5:30 އިން ފެށިގެން ދަންވަރު1:00 އާ ހަމައަށް ހުޅުވާފައި ބެހެޓޭނެ ކަމަށެވެ.

އެ މިނިސްޓްރީއިން މި ގޮތަށް ކަނޑައަޅައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހުރި މުދާ ވިއްކާ ތަންތަނުން މިގޮތަށް އަމަލުކުރަން ވެސް އެ މިނިސްޓްރީއިން އެދިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް