އަންނަ ހުކުރު ދުވަހު ބީއެމްއެލް މުވައްޒަފުން މާލެ ސާފުކުރަނީ

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓް ސަރަހައްދުވެސް ހިމެނޭހެން އާންމ...

14 Mar 2023 | 11:20

ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްނަގައިގެން އަންނަ ހުކުރު ދުވަހު އާޓިފިޝަލް ބީޗް، ކާނިވާ ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ރަސްފަންނުގެ އިތުރުން ލޯކަލް މާކެޓް ސަރަހައްދުވެސް ހިމެނޭހެން އާންމު ތަންތަނާއި މޫދު ސާފުކުރުމުގެ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމްގައި ބޭންކުގެ 200 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާނެ ކަމަށާއި އަދި މާލޭގެ 12 ސަރަހައްދެއް ސާފުކުރުމަށް ހަމަޖެހިފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިއީ ކޮންމެ އަހަރަކު މާޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައި ބާއްވާ ހަރަކާތެކެވެ. މީގެ އިތުރުން  ސާފުކުރުމުގެ ހަރަކާތްތަކެއް ށ. ފުނަދޫ، ނ. ހޮޅުދޫ، ކ. މާފުށި، ދ. ކުޑަހުވަދޫ، ލ. ފޮނަދޫގެ އތުރުން ގދ. ތިނަދޫގައިވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމުގައިވެސް ބީއެމްއެލްއިން ބުނެއެވެ.

ބޭންކުގެ މުވައްޒަފުން އަންނަނީ ދޭތެރެދޭތެރެއިން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް