މޫދަށް އެރި އުޅުމުގައި ފަތުރުވެރިން ސަމާލުވާން ޓުއަރިޒަމް މިނިސްޓްރީއިން އިލްތިމާސް ކޮށްފި

މޫދަށް އެރި އުޅުމުގައި ފަތުރުވެރިން ސަމާލުވާން ޓުއަރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ. މި ގޮތަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފައި ވަނީ މޫދަށް ފައިބާ ފަތުރުވެރިން  މަރުވުން އިތުރުވެފައި...

14 Mar 2023 | 11:08

މޫދަށް އެރި އުޅުމުގައި ފަތުރުވެރިން ސަމާލުވާން ޓުއަރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ. މި ގޮތަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސް ކޮށްފައި ވަނީ މޫދަށް ފައިބާ ފަތުރުވެރިން  މަރުވުން އިތުރުވެފައި ވާތީއެވެ.

ފަތުރުވެރިކަމުގެ ހިދުމަތް ދޭ ހުރިހާ ތަނަކަށް ޓޫރިޒަމް މިނިސްޓްރީ އިން ފޮނުވާފައިވާ ސާކިއުލާއެއްގައި ވާ ގޮތުގައި މިހާރަކަށް އައިސް ކަނޑުމަތީގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ހިނގާ ހާދިސާތައް އިތުރުވެފައިވާ ކަމަށާއި މިހެންކަމުން ފަތުރުވެރިންނަށް ހިދުމަތްދޭ ހުރިހާ ފެސިލިޓީތަކުން ފެތުމާއި، ސްނޯކްލިންގް އާއި މޫދާއި ގުޅުން ހުރި ހަރަކާތްތަކުގައި މިހާރު އަމަލު ކުރަމުންދާ ރައްކާތެރި ޕްރޮޓޯކޯލްތައް ތަންފީޒު ކުރަމުންދޭތޯ ކަށަވަރު ކުރުމަށް ހަނދާންކޮށްދޭ ކަމަށެވެ. މީގެ އިތުރުން މޫދުގެ ކުޅިވަރުތައް ކުޅުމަށް ފަތުރުވެރިން ގެންދިޔުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް އެ މިނިސްޓްރީ އިން އިރުޝާދު ދީފައި ވެއެވެ.

ރައްކާތެރިކަމާއި ގުޅޭ ސެޝަންތައް ފަތުރުވެރިން ގޮވައިގެން މޫދަށް އެރި އުޅޭ މުވައްޒަފުންނަށް ކުރިއަށް ގެންދިޔުމަށް ވެސް އެ ސާކިއުލާ ގައި ވެއެވެ. މީގެ އިތުރުން މި ސާކިއުލާގައި ހުރިހާ ފަތުރުވެރިންނާއި މުވައްޒަފުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކުރުމަށް ފެސިލިޓީ ތަކުގެ އިސްވެރިން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައި ވެއެވެ.

ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައިސް އުޅުނު ދެ ފަތުރުވެރިއަކު މި މަހުގެ ތެރޭގައިވެސް ގެނބިގެން މަރުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް