ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހަމަވަނީ

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 15:00 އަށް ހަމަވާނޭ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ފޯމު ފޮނުވަން ޖެހޭނީ ގައުމީ އި...

14 Mar 2023 | 10:55

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 15:00 އަށް ހަމަވާނޭ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ގައުމީ އިނާމަށް ނަން ހުށަހެޅުމަށް ފޯމު ފޮނުވަން ޖެހޭނީ ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސްކޮށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ކަމަށާއި އަދި އިނާމަށް އެދި ފޯމު ހުށައަޅާއިރު ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހުށައެޅުމަށް ހާއްސަ ސަމާޅުކަމެއް ދިނުމަށް ގައުމީ އިނާމާއި ބެހޭ ކޮމިޓީ އިން އެދިވަޑައިގަންނަވައެވެ.

މައިގަނޑު 36 ދާއިރާއަކުން ގައުމީ އިނާމަށް ހުޅުވާލާފައިވެއެވެ. މި އަހަރުވެސް ޤައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށާއި އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވެސް ހަމަޖައްސަވައިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް