ސޮކަރ ވެޓެރަންސް އެސޯސިއޭޝަން މޯލްޑިވްސް ގެ 2023 ވަނަ އަހަރުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއި ކޮށްފިއެވެ.
މި ޕާޓްނަރޝިޕްމެދުވެރިކޮށް ދިރާގުން އެކި ކީ ސްޓޭޖްތަކަށް ހާއްސަކޮށްގެން ބާއްވާ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތް، 'ކިޑްސް ފުޓްބޯލް ފިއެސްޓާ' ބާއްވައި ފުޓުބޯޅަ ކުޅުންތެރިންގެ އައު ޖީލެއް އުފެއްދުމަށް ސޮކަރ ވެޓަރަންސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށް ދޭނެއެވެ.
ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ބްރޭންޑް ނާޔާ ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ކުޑަކުދިންނަށް ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށާއި އަދި ފުޓުބޯޅައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރެއް ކަމުގައެވެ. އަދި އެހެންކަމުން މި ޕާޓްނަރޝިޕް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެވޭނެކަމަށް އުންމީދު ކުރާކަމުގައި ވެސް ނާޔާ ވިދާޅުވެފައި ވެއެވެ.
ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ރައީސް، އަލީ ޝަމީމް މިކަމާ ގުޅިގެން ވިދާޅުވެފައި ވަނީ ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމަށް ދިރާގުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ފަށްފަށުން ޝުކުރު އަދާކުރާ ކަމަށާއި އަދި ފާއިތުވި އަހަރުތަކުގައި ދިރާގުގެ ފަރާތުން ލިބުނު އެއްބާރުލުމަށްވެސް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ. އަދި އުންމީދަކީ ދިރާގާއެކު ގިނަ އައު ފުޓުބޯޅަ ކުޅުންތެރިންތަކަކަށް އިތުރު ފުރުސަތުތަކެއް ހޯދާދިނުންކަމުގައި ވެސް އަލީ ޝަމީމް ވިދާޅުވެފައި ވެއެވެ.
ދިރާގަކީ ކުޅިވަރާއި އިޖްތިމާއީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އަދި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުން ދެމުންއަންނަ ބައެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް