ހައްޖަށް މީހުން ގެންދަން އަމިއްލަ ތިން ކުންފުންޏަކަށް ހުއްދަދެނީ

މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް އަމިއްލަ ކުންފުނިތަކުން ބިޑް ހުށަހަޅައިފި އެވެ. މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ 1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދި...

14 Mar 2023 | 10:15

މި އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް އަމިއްލަ ކުންފުނިތަކުން ބިޑް ހުށަހަޅައިފި އެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ 1444 ވަނަ އަހަރު ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ކުންފުނިތަކުން ބިޑް ހުށަހަޅައި ފައިވާ ކަމަށެވެ.

އަދި 11 ކުންފުންޏަކުން ބިޑް ހުށަހަޅާ ފައިވާ އިރު މީގެ ތެރެއިން ހުއްދަދެވޭނީ އެންމެ މަތިން ޕޮއިންޓް ލިބޭ 3 ކުންފުންޏަކަށް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

މިގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ދޫކުރެވޭނީ ޙައްޖު ކޯޕަރޭޝަންގެ އިތުރުން 3 ކުންފުންޏަކަށް ކަމަށެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ ހުއްދަ ދެވޭ 3 ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ދޫކުރެވޭނެ ކަމަށެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް މިއަހަރު ލިބިފައިވަނީ 1000 ކޯޓާއެވެ. 2022 ވަނަ އަހަރު ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބިފައި ވަނީ 453 ކޯޓާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް