ފެމެލީ ކޯޓުން، މި އަހަރުގެ ރަމަޟާންމަހު ކައިވެނި ކޮށްދޭ ގަޑިތައް އާންމުކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ފެމިލީކޯޓުން ކައިވެނިކޮށްދޭ ގަޑިތައް އާންމުކޮށް އެ ކޯޓުން ނެރުނު އިއުލާނެއްގައެވެ.
ފެމިލީ ކޯޓުން ކުރި އިއުލާނުގައި ބުނީ ރަސްމީ ގަޑީގައި ހެނދުނު 9:30ން 12:30ށް ކޯޓު ގައި ކައިވެނި ކޮށްދޭނެ ކަމަށެވެ. އަދި ނުރަސްމީ ގަޑީގައި ކައިވެނި ކޮށްދޭނީ ރޭގަނޑު 21:30 އިން 23:00 އަށް ކަމަށް އެ ކޯޓުން ބުނެފައި ވެއެވެ.
މީގެ އިތުރުން ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭން ހަމަޖެހިފައި ވަނީ ރޭގަނޑު 21:30 އިން 23:00 އަށް ކަމަށް ފެމިލީ ކޯޓުގެ އިއުލާނުގައި ހާމަކޮށްފައި ވެއެވެ.
ފެމިލީ ކޯޓުން ކުރިން ވަކި ދުވަސްތަކެއްގައި ކައިވެނިކޮށްދޭ އުސޫލެއް ގެންގުޅުނު ނަމަވެސް މިހާރު ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކައިވެނިކޮށްދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް