މިއަދުވެސް ޓޫރިސްޓަކު ގެނބިގެން މަރުވެއްޖެ

ރިސޯޓެއްގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިޔާ ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުނެފި އެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބ...

14 Mar 2023 | 08:46

ރިސޯޓެއްގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ހޮސްޕިޓަލަށް ގެންދިޔަ ފަތުރުވެރިޔާ ވަނީ ނިޔާވެފައި ކަމަށް ފުލުހުން ބުނެފި އެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ ގެނބުނީ އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު ކަމަށެވެ.

އެމީހާ ރަސްދޫގައި ހުންނަ އއ. އަތޮޅު ހޮސްޕިޓަލަށް ހެނދުނު 10:30 ހާއިރު ގެންދިޔަ ކަމަށެވެ. އެކަމަކު ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ބުންޏެވެ.

އެ ޓޫރިސްޓަކީ އިނގިރޭސިވިލާތަށް ނިސްބަތްވާ 65 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން އަންނަނީ ބަލަމުން ކަމަށެވެ.

އިއްޔެވެސް ރަސްދޫ ކައިރިއަށް ޑައިވިނަށް ދިޔަ ޓޫރިސްޓަކު މަރުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް