ކޮލަމާފުށީގައި ޕްރިންޓު ކުރާ ތަނެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް

ގއ. ކޮލަމާފުށީގައި ޕްރިންޓު ކުރާ ތަނެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރެއް ހާއިރު އެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނ...

14 Mar 2023 | 08:13

ގއ. ކޮލަމާފުށީގައި ޕްރިންޓު ކުރާ ތަނެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ ރިޕޯޓު ކުރީ މިއަދު މެންދުރެއް ހާއިރު އެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރީ ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެންނެވެ. އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްް ކުރެވުނީދޭއް ޖެހިފަހުންނެވެ.

ފުލުހުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައި ނުވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް