ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންނަށް ފޯމު ހުށަހެޅީ ތިން ކެންޑިޑޭޓުން

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. މި އިންތިހާބަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ އިއްޔެ މެންދުރު ފަހު2:00 ގައި އެވެ. ބައ...

14 Mar 2023 | 07:59

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާނީ ތިން ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

މި އިންތިހާބަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ އިއްޔެ މެންދުރު ފަހު2:00 ގައި އެވެ. ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް15 ވަނަ ދުވަހު އެވެ.

އީސީން ބުނީ މުއްދަތު ހަމަވި އިރު ފޯމު ހުށަހެޅީ ޕީޕީއެމް، އެމްޑީޕީ އަދި އެމްއެންޕީ ކަމަށެވެ. އޭގެ ތެރެއިން އެމްޑީޕީން ވާދަ ކުރައްވަނީ އިބްރާހިމް ޝާޒެވެ. ޕީޕީއެމްއިން ހުސެއިން ރިޒާ ވާދަ ކުރައްވާއިރު އެމްއެންޕީގެ ކެންޑިޑޭޓަކީ އަލީ އާރިފެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަނީ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުންނެވެ. އޭނާ އަވަހާރަވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް