ތ. ގުރައިދޫ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން އަހްމަދު އާއި ނައިބު ރައީސް މުހައްމަދު ސަރާހަށް ދައުވާކޮށްދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން ބުނީ ދައުވާކޮށްދިނުމަށް އެދުނީ މިއަދު ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން އެދުނީ ގަވައިދާ ހިލާފަށް ބިންތަކެއް ދޫކުރި މައްސަލައިގަ އެވެ.
އޭސީސީން ބުނީ އެ ދެމީހުން ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާ ބެހޭ ގަވާއިދާއި ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ގުރައިދޫ ކައުންސިލުން އަމަލުކުރަމުން އަންނަ އުސޫލާ ހިލާފުވެފަ އެވެ.
އެ އުސޫލުތަކާ ހިލާފަށް އިއުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި އެ ދެމީހުން ސޮއިކޮށްފައި ވާތީ، ބިންތައް ދޫކުރުމުގައި ދެމީހުންގެ ބައިވެރިވުން އޮތްކަން ތަހުގީގަށް އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް